އީރާނުން އަނެއްކާވެސް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން އަލްޖަޒީރާއިން ބުނީ ހުރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައިވާކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) ގާޑް ކޯޕްސް އިން ބުނާ ކަމަށެވެ. ކަނޑުއޮޅި ބަންދު ކުރަންޖެހުނީ އެމެރިކާ އިން ކަނޑުފޭރުމުގެ އަމަލުތައް ހިންގަމުން އަންނަ ކަމަށެވެ.

އީރާނުން ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އަނެއްކާވެސް ދަތުރުކުރަން ބޭނުންނަމަ ޖެހޭނީ އީރާނުގެ ހުއްދަ ހޯދާށެވެ. އީރާނުން ބުނީ، "ނޭވަލް ބްލޮކޭޑް" އުވާލުމަށް އެމެރިކާއިން އިންކާރުކޮށްފައިވާ ކަމަށާއި، އީރާނުންވެސް ދޫދިނުމެއް ނެތްކަމަށެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއިން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމަށްފަހު، އިއްޔެ އެ ސަރަހައްދު ހުޅުވާލީ އިސްރާއީލާއި ލުުބުނާނާއި ދެމެދު 10 ދުވަހުގެ ސުލްހައިގެ އެއްބަސްވުމެއް ގާއިމްވުމާ ގުޅިގެންނެވެ.

39 ކިލޯމީޓަރުގެ ދިގު ހޮރްމޫޒް ކަނޑުއޮޅިއަކީ ގަލްފް އޮފް އޮމާން ކަނޑުއޮޅިއާއި ގުޅުވައިދޭ ދުނިޔޭގެ އެންމެ މުހިންމު ތެޔޮ ޗޮކްޕޮއިންޓެވެ. މިއީ ގަލްފުގެ ތެލާއި އެލްއެންޖީގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ހަމައެކަނި މަގެވެ.