ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އއ. ރަސްދޫގެ ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ކާމިޔާބު ފާހަގަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.
މި ދަތުުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑާއިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ރަސްދޫއަށް ވަޑައިގަންވާފައި މިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަސްދޫ އިން ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރެއްވުމަށެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އާއްމުކޮށްފައިވާ ދާއިމީ ނަތީޖާއިން ދައްކާގޮތުން ރަސްދޫ ކައުންސިލްގެ ތިން ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ވެސް ކާމިޔާބު ކުރީ ޕީއެންސީންނެވެ.
އެރަށުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހާއްސަ އިވެންޓެއްވެސް ބާއްވާއިރު، ހަވާ އެރުވުމަށްވެސް ހަމަޖެހިފައި ވެއެވެ.