ތުރުކީގެ ޤައުމީ އެއާލައިން، ޓާކިޝް އެއާލައިންސްއިން މި އަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
އިތުރުކުރެވޭ ދަތުރުތައް ކުރިއަށްދާނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާއި ހަމައަށް ކަމަށާއި އިސްތަންބޫލްއިން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުކުރާނެއެވެ. އަދި މާލެއިން އިސްތަންބޫލަށް ދަތުރުކުރާނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ.
މި ދަތުރުތަކާއި އެކު ރާއްޖެއާއި އިސްތަންބޫލާއި ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވާނެއެވެ.
ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ޓާކިޝް އެއާލައިންސްގެ ދަތުރުތަކުން އިތުރު ފަސޭހައް ލިބިގެންދާނެއެވެ. އިސްތަންބޫލަކީ ދުނިޔޭގެ އެކި ކަންކޮޅުތައް ގުޅުވައިދޭ މުހިންމު ހަބަކަށް ވުމާއެކު، މިއީ މެދުއިރުމަތީގެ ވައިގެ ސަރަހައްދުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން ދަތުރުވެރިންނަށް ލިބޭނެ ރަނގަޅު އަލްޓަނޭޓިވް ރޫޓެކެވެ.