އަލަށް އިންތިޚާބުވި ކައުންސިލުތަކުން ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދުމަށް ހުރަސް އަޅާކަމުގައިވާނަަމަ އެކަން ހާމަކުރަމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ވާހަކަދައްކަވަމުން އިދިކޮޅު މެމްބަރުން ހޮވުނު ކައުންސިލުތަކަށް ވަކިން ޚާއްސަކޮށް ސިޓީ ކައުންސިލުތަކަށް އަމާޒުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އިސްކުރާނީ ގައުމުކަމަށެވެ. ކޮންމެ ފިކުރެއްގެ ބަޔަކާއެކުވެސް ސަރުކާރުން މަސައްކަތްކުރާނެކަމަށާއި ސަރުކާރުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ އާބާދީ ކުޑަ ރަށުގެ ރައްޔިތުންނާ އެންމެ ބޮޑު ސިޓީގެ ރައްޔިތުންނާއެކުވެސް އަމަލުކުރާނީ ހަމަހަމަކަމާއެކުކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެފުރުސަތު ސަރުކާރަށް ނުދޭނަމަ ވާގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު މިހާރު ނިންމާފައި އޮންނާނީ އެނޫން ގޮތެއް ގަބޫލުކުރެވޭ މިދެންނެވީ މަގްބޫލުކޮންމެސް ކަހަލަ ސަބަބެއް ދިމާވެގެން ކަމުގައިނުވާނަމަ ކޮންމެ ހޯަމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަން. އެހެންވީމަ އަޅުގަނޑަށް ކޮންމެ ހަފްތާއަކު އެބަ ބައްދަލުވެވޭ ރައްޔިތުންނަށް. އަޅުގަނޑު ތަފްސީލުކޮށް ކިޔައިދޭނަން ރައްޔިތުންނަށް އެހަފްތާއެއްގެ ތެރޭގައި ނޫނީ އެންމެ ފަހުން އެދިޔަ ދުވަސްކޮޅުގެ ތެރޭގައި މިވެނި ސިޓީއެއްގެ ކައުންސިލުން މިކަންކަމަށް ހުރަސް އަޅައިފިކަން. އެހެންވީމަ އެޅި ހުރަހެއް ކިޔައިދޭނަން. އަދި ގާނޫނުގައި އޮންނަ ހަމަތަކުގައި އޮންނަ މަތިން ދެން ކުރަން އޮންނަ މަސައްކަތެއްކޮށްގެންވެސް ރައްޔިތުންނަށް ކޮށްދޭންޖެހޭ މަސައްކަތެްެއް ކޮށްދިނުމުގައި ސަރުކާރު ދާނީ ކުރިޔަށްކަން ކައުންސިލުން ހުރަސް އެޅިއަސްވެސް. އެޔަގީންކަން އަޅުގަނޑު ރައްޔިތުންނަށް ދެން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދުމުގައި ކުރިޔަށްދާނެކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރަކުން ގައުމާ އިދިކޮޅު ކަމެއް ނުކުރާނެކަމަށެވެ.