ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ދައުލަތަށް 549 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 488 މިލިޔަން ރުފިޔާއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން

މިއީ %12.5 އިތުރު އަދަދެކެވެ.

އެގޮތުން އެ މުއްދަތުގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 މިލިޔަން ޑޮލަރެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 440 މިލިޔަން ރުފިޔާއެވެ.

މިއީ އާމްދަނީގެ %10.9 އެވެ. ރިސޯޓް ކުލީގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަކީ 29 މިލިޔަން ޑޮލަރެވެ. މިއީ ޑޮލަރު އާމްދަނީގެ %14 ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެ އިތުރަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1303 ތަނެއް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 180 ރިސޯޓެއް ހިމެނެއެވެ.