އެމްޑީޕީން ރޭ ބޭއްވި މުޒާހަރާގައި ހައްޔަރުކުރި 2 މީހުން ވެސް މިއަދު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނަކާއި 49 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކޮއްފައިވަނީ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ނައިބުރައީސް، އަހުމަދު މައިމޫން މުހައްމަދުއާއި އެމްޑީޕީގެ ނައިފަރު ދާއިރާގެ ރައީސް، އަބްދުﷲ ރަޝީދު (ވާވާ) އެވެ. އޭނާ ކޯޓަށް ހާޒިރު ނުކޮށް ވަނީ ދޫކޮށްލައިފައެވެ.
މައިމޫން ދޫކޮށްލާފައިވަނީ ޝަރުތުތަކެއް ކުރުމަށް ފަހުގައެވެ. އެ ޝަރުތުތަކުގެ ތެރޭގައި ތަހުގީގަށް އެއްބާރުލުން ދިނުމާއި ފޯނު ނަންބަރު ބަދަލުވެއްޖެ ނަމަ، އެކަން އެންގުމާއި މާލެއިން ބޭރަށް ދާނަމަ، އެކަން ކޯޓަން އެންގުމާއި ރޭގައި އަނިޔާވި ފުލުސް މީހާއާ މުއާމަލާތް ނުކުރުން ހިމެނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.