ޕީޕަލްސް ނެޝަނަލް ކޮންގްރެސް، (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މޫސާ ފަތުހީ އާދަމް އައްޔަން ކޮށްފިއެވެ.
ޕީއެންސީގެ އެސްޖީގެ މަޤާމަށް މޫސާ ފަތުހީ އައްޔަނު ކުރީ ކުރިން އެ މަޤާމުގައި ހުންނެވި މުއާޒް ހަލީމް ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން މުއާޒް ވިދާޅުވީ މަޤާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ހިންގުން ހަރުދަނާކޮށް ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކޮށް، ފުރިހަމަ ނަތީޖާ ހާސިލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެދުމަށް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ.
އަދި ޕާޓީގެ ސެކެޓްރީޖެނެރަލްގެ މަޤާމުގައި އޭނާއަށްވުރެ ފުރިހަމައަށް ވަގުތު ދެވޭނެ މީހަކު ހުރުމަކީ މުހިންމު ކަމެއްކަމަށް ފެންނާތީ ކަމަށް މުއާޒް ވިދާޅުވުއެވެ.