އަލްއުސްތާޒް މޫސާ ފަތުހީ އާދަމް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ބޯޑް، (ޕީސީބީ)ގެ ބޯޑް މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޕީސީބީ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ށ. ކޮމަންޑޫ - ރަންކޮކާގެ، މޫސާ ފަތުހީ އާދަމް، 20 އެޕްރީލް ގައި އިސްތިއުފާ ހުށަހަޅާފައިވާ ކަމަށެވެ.
އެހެންކަމުން ޕީސީބީގެ ބޯޑް މެމްބަރުކަމުން އޭނާ ވަކިވެފައިވާކަމަށް ޕީސީބީ އިން ބުނެއެވެ.