ބަޙްރެއިން އަދި ކުވޭތުގެ އާއްމުން ދިރިއުޅޭ ތަންތަނާއި މުހިއްމު އިންފްރާސްޓްރަކްޗާތަކަށް މިސައިލާއި ޑްރޯން އިން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވެއިތުގެ ސިޔާދަތަށް ހުރަސްހެޅި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާތެރި ކަމެއް ކަމަށް ރާއްޖޭން ދެކޭކަމަށެވެ. އަދި ދިވެހިރާއްޖޭން އަބަދުވެސް ބަޙްރެއިން އަދި ކުވައިތާ އެކުގައިވާ ތިބޭނެކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދު ކުރާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ސަރަޙައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، ރައްކާތެރިކަން އަލުން ޤާއިމުކުރުމަށްޓަކައި، ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރަމުންދާ ސިޔާސީ އަދި ޚާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭން ދެކޭގޮތުގައި މި ހަމަލާތަކަކީ ބަޙްރެއިން އަދި ކުވޭތުގެ ސިޔާދަތަށް ހުރަސްހެޅި އަދި ސަރަހައްދީ ހަމަޖެހުމަށް ނުރައްކާ ތެރިކަމެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭން އަބަދަވެސް ބަޙްރެއިން އަދި ކުވޭތާ އެކުގައި ވާ ކަމަށާއި އެ ދެގައުމުގެ ސިޔާދަތު ރައްކާތެރި ކުރުމަށާއި ސަރަހައްދުގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ހުރިހާ ފިޔަވަޅުތަކަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދު ކުރާނެ އެވެ.
އިއްޔެ އީރާނުން ވަނީ ކުވައިތު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.