ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނޫސްވެރިންނާއެކު ބާއްވަވަން ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލްކުރައްވައިފިއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށްޓަކައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ވަނީ، މީޑިއާއަށް ސީދާ މައުލޫމާތު ދެއްވުމުގެ ގޮތުން މާޗު މަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00އިން 11:00އަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް މީޑިއާ އަކަށް މިއަދު ވިދާޅުވީ، ރައީސް މަސައްކަތުގައި ބުރަކޮށް އުޅުއްވާތީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުން ނޯންނާނެ ކަމަށެވެ.