ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތެއް ކަމަށްވާ "ޓުގެދަރ އެގައިންސް ކޮރަޕްޝަން" ގައި ބައިވެރިވުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ހުޅުވާލައިފިއެވެ.

މި މުބާރާތަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޒުވާނުންގެ މެދުގައި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް، ރަޝިއާގެ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ.

އެގޮތުން މިއީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސޯޝަލް އެޑްވަޓައިޒިންގގެ ބޭނުން ހިފުން އިތުރުކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ބާއްވާ މުބާރާތެކެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ބާއްވާ މި މުބާރާތަކީ ކޮރަޕްޝަން ހުއްޓުވުމަށް ކުރާ މަސައްކަތުގައި ސޯޝަލް އެޑްވަޓައިޒިންގގެ ބޭނުން ހިފުން އިތުރުކުރުމަށާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތަކާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 10 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާއަށެވެ. އަދި މުބާރާތުގައި އަމިއްލަ ގޮތުން ނުވަތަ ޓީމުތަކުގެ ގޮތުގައިވެސް ބައިވެރިވެވޭނެއެވެ.

މިނިސްޓްރީން ވަނީ މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 1 އޮކްޓޯބަރު 2026 ގެ ކުރިން ބައިވެރިވުމަށް ހުށަހަޅަން އެދިފައެވެ.

އެ މުބާރާތާ ގުޅޭ އިތުރު ތަފްސީލާއި މައުލޫމާތު މުބާރާތުގެ ރަސްމީ ވެބްސައިޓް ކަމަށްވާ https://anticorruption.life/en މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.