ދިވެހިބަހާއި ޤައުމިއްޔަތާއިބެހޭ ޚާއްސަ މުޝީރު ކަމުގެ މަގާމުން އާދަމް ނަސީރު އިބްރާހީމް އިސްތިއުފާދެއްވައިފިއެވެ.
މި ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރަކަށް ކުރިން ހުންނެވި އާދަމް ނަސީރު އިބްރާހިމް މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ މުޝީރަކަށް އައްޔަން ކުރީއިއްޔެ އެވެ.
އެހެން ނަމަވެސް، ރައީސް އޮފީހުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ( މުންދު) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާދަމް ނަސީރު ވަނީ މިހާރު އެ މަގާމުން އިސްތިއުފާ ދެއްވައިފަ ކަމަށެވެ.
މުޝީރުކަމުގެ ޒިންމާތަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން، އާދަމް ނަޞީރު ވަނީ ދިވެހި ސަރުކާރުގެ ކެބިނެޓުގައި ވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން، އޭނާ ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރުކަން ވެސް ކުރައްވާފައެވެ.