މިއީ އިންޑިއާގެ ރައްޔިތުންގެ އުންމީދުތަކާއި ތަޞައްވުރުތައް ހަގީގަތަކަށް ހަދައިދިނުމުގައި ބޮޑުވަޒީރު މޯދީއަށް އޮތް އިތުބާރާއި ޔަގީންކަން ހާމަކޮށްދޭ ތާރީޚީ ކާމިޔާބީއެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާގެ ޝަރަފު ނަރެންދުރަ މޯދީ ހޯއްދެވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައީ ޞާލިޙް ވިދާޅުވީ، އިންޑިއާއިން ހޯދާފައިވާ އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުންތަކަކީ މޯދީގެ ވަރުގަދަ ލީޑާޝިޕްގެ ހެއްކެއް ކަމަށެވެ.

ބޮޑުވަޒީރު މޯދީގެ ޒަޢާމަތުގައި އިންޑިއާއިން ހޯދާފައިވާ އިގްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުންތަކަށް ވަނީ ތައުރީފު ކުރައްވާފަކަން ރައީސް ޞާލިޙްގެ މެސެޖުގައިވެއެވެ.

މީގެ އިތުރުން، ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.