ކޯޓާގެ ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން މި ސަރުކާރުން ފައްޓާފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށެވެ.
އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ 25 އަހަރަށް ޖަލަށްލާން އިއްޔެ ހުކުމް ޝަމްއާން ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން ކަމަށެވެ.
ވަގު ވިޔަފާރި އަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި ކަމަށްފައްޔާޒް ތުހުމަތު ކުރެއްވި އެވެ. އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް ކަމަށް ފައްޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.