ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1 ގެ ކުރިން ކުރިމަތިލާން ހުޅުވާލާފައެވެ.

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ 546.27 އަކަފޫޓުގެ ޔުނިޓަކާއި، 554.66 އަކަފޫޓުގެ ޔުނިޓެކެވެ.

ހިޔާގެ ދިހަ ވަނަ ޓަވަރުގައި ހެދޭނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކް ނުވަތަ ޖިމެކެވެ. އަދި 12 ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީއެކެވެ.

ެއެޗްޑީސީން ބުނީ ޕްރޮޕޯސަލް ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 1 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރު 2:00 ކަމަށެވެ.

އަދި ޕްރީ-ޕްރޮޕޯސަލް ބައްދަލުވުމެއް 14 ޖޫން 2026 ގައި ޒޫމް މެދުވެރިކޮށް ބާއްވާނެ ކަމަށާއި އެކަމާ ގުޅޭ ސުވާލުތައް 17 ޖޫންގެ ކުރިން sales@hdc.mv އަށް ފޮނުވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ 1 ޖުލައި 2026 ގައި މެންދުރު 1:00 އާއި 2:00 އާ ދެމެދު އެޗްޑީސީ ބިލްޑިންގުގެ ގްރައުންޑް ފްލޯގައި ހުންނަ އެގްޒިބިޝަން ސެންޓަރަށެވެ.

މީގެ އިތުރުން ޕްރޮޕޯސަލާ ގުޅޭ ފުރިހަމަ ލިޔެކިޔުންތައް އެޗްޑީސީގެ ވެބްސައިޓުންނާއި ޕްރޮޕަޓީޒް ވެބްސައިޓުން ހިލޭ ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.