ކްލިކް ކޮލެޖުން ކްރެޕް ރަނަރއާ އެކު، "ކެރިއާރ ގައިޑަންސް ވިތު ކެރެޕް ރަނަރ" ގެ ނަމުގައި ހާއްސަ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.

ކްލިކް ކޮލެޖުން ބުނީ، މި އިވެންޓް އޮންނާނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް، ކްރެޕް ރަނަރ ހުޅުމާލެ އައުޓްލެޓުގައި ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަގެންދާ މި އިވެންޓުގައި، ދަރިވަރުންނާއި ބެލެނިވެރިން ހިލޭ ވަންޓުވަން ކެރިއަރ ގައިޑެންސް ސެޝަންތައް ކުރިއަށް ގެންދާއިރު، މަތީ ތައުލީމުގެ މަގުތައް ހޯދައި ދެން އަޅަންޖޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ލިބޭ ގޮތް އިހްތިޔާރު، ކުރުމަށް އެހީތެރިވެދެނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ކެރިއަރާއި ތައުލީމީ، ވާހަކަތަކާއި، އެކު ކްރެޕް ވެސް ކައިލެވޭނެ ކަމަށް ކްލިކް ކޮލެޖުން މައުލޫމާތުދެއެވެ.

އެ ކޮލެޖުން ބުނި ގޮތުގައި، ކެރިއަރ ގައިޑެންސް ސެޝަންތަކުގައި ބެލެނިވެރިންގެ އިހްތިޔާރުތަކާ ބެހޭގޮތުން މަޝްވަރާކޮށް، ދަރިވަރުންނަށް ޝައުގުވެރިވާ އަދި އެކަށީގެންވާ ދާއިރާތައް ދެނެގަތުމަށް އެހީތެރިވެދިނުމުގެ އިތުރުން، ޕްރޮގްރާމް އޮޕްޝަންސް، އެންޓްރީ ރިކުއަރމަންޓްސް، އަދި ކެރިއަރ ޕަތްވޭސްއަށް ގައިޑްކޮށްދިނުން ވެސް ހިމެނެއެވެ.

އެ އިވެންޓް ހާއްސަކޮށްފައިވަނީ، ސެކަންޑަރީ އަދި މަތީސާނަވީ ދަރިވަރުންނާއި، މައިންބަފައިނާއި، މަތީ ތައުލީމުގެ މަގުތައް ހޯދަމުންދާ ޒުވާނުންނަށެވެ.

އޯލެވެލްގެ ނަތީޖާ ނެރެފައިވާ ގިނަ ދަރިވަރުން ދެން އަޅަން ޖެހޭނެ ފިޔަވަޅަށް ވިސްނަމުންދާ ކަމުގައި ފާހަގަކޮށް އެ ކޮލެޖުން ބުނީ، މި އިވެންޓުގެ މަަގްސަދަކީ އެފަދަ ދަރިވަރުންނަށް ސަޕޯޓު ދިނުން ކަމަށެވެ.

ކްލިކް ކޮލެޖުން ބުނީ، މިދިޔަ އަހަރުގެ ކެރިއަރ ގައިޑެންސް ވިތު ކްރެޕް ރަނަރ އަށް ޒުވާނުންގެ ފަރާތުން ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށާއި، މިއަހަރުގެ އިވެންޓް ދިގުކޮށްފައިވަނީ މި ކާމިޔާބީގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މި އިވެންޓްގައި ހިލޭ ރަޖިސްޓްރީ ވެވޭނެ ކަމަށް އެ ކޮލެޖުން މައުލޫމާތުދެއެވެ.

އެހެންކަމުން މި އިވެންޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ކްލިކް ކޮލެޖުން އެދިފައިވެއެވެ.

މީގެ އިތުރުން، މި އިވެންޓުގެ އިތުރު މައުލޫމާތު ހޯދުމަށް ކްލިކް ކޮލެޖުގެ ހޮޓްލައިން ނަންބަރ 7728019 ގުޅުމަށް އެ ކޮލެޖުން ވަނީ އެދިފައެވެ.