ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ މެޗުގައި ދެކުނު އެފްރިކާ ބަލިކޮށް މެކްސިކޯއިން ފެށުން ރަނގަޅުކޮށްފި އެވެ.
މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމްގައިކުޅުނު މި މެޗު މެކްސިކޯއިން ކާމިޔާބުކުރީ ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު މެކްސިކޯއިން ލީޑު ނެގި އެވެ. އެގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑު ޖަހައިދިނީ، ސައުދީ އަރަބިއާގެ އަލް-ގަދްސިއާއަށް ކުޅޭ ޖޫލިއަން ކިނޯނޭސް އެވެ.
ދެވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ދެކުނު އެފްރިކާގެ ޔާޔާ ސިތޯލޭއަށް ރަތް ކާޑު ދެއްކި އެވެ. އެއާއެކު، އިދިކޮޅު ކުޅުންތެރިޔަކު މަދުވުމުގެ ފައިދާ ނަގައި މެކްސިކޯއިން ލީޑު ފުޅާކުރީ 67 ވަނަ މިނެޓުގައި، އިނގިރޭސި ކްލަބް ވުލްވްސްއަށް ކުޅޭ ފޯވާޑް ރައުލް ހިމެނޭޒް ބޮލުން ކާމިޔާބުކުރި ލަނޑުންނެވެ.
ދެކުނު އެފްރިކާގެ ދެވަނަ ރަތް ކާޑަކީ، ބަދަލަކަށް ކުޅެން ނުކުން ތެމްބާ ޒްވާނޭ ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ބެލުމަށްފަހު ދެއްކި ކާޑެކެވެ. މެޗުގެ 84 ވަނަ މިނެޓުގައި މި ކާޑު ފެނިގެންދިޔަ އިރު، އިތުރު ވަގުތުގައި މެކްސިކޯގެ ސީޒާ މޮންޓޭސްއަށް ވެސް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ވޯލްޑް ކަޕްގައި ދެން އޮތީ މި ގްރޫޕްގެ އަނެއް ދެ ޓީމު ކަމަށްވާ ދެކުނު ކޮރެއާ އާއި ޗެކް ރިބަޕްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން ހެނދުނު 7:00 ގަ އެވެ.