ފާމަސީތަކުން ކަނޑައެޅިފައިވާ އެގްރޭޑުގެ ބޭހުގެ 80 އިންސައްތަ ލިބެންވާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން އާންމުކޮށްފައިވާ އައުލާނެއްގައި ބުނީ ސިއްހީ ނިޒާމުގެ ތެރެއިން ފޯރިކޮށްދޭ އަސާސީ ބޭސްތައް. މެދު ނުކެނޑި ލިބެން ހުންނަކަން ކަށަވަރުކުރުމަކީ އެ އޮތޯރިޓީގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

އެގޮތުން ޕާމަސީތަކުގައި ބެހެއްޓުމަށް ލަޒިމްކުރަ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އަދާހަމަ ކޮށްފައިވާ ކަން ފަހަގަކޮށް އެ އޮތޯރިޓީން ބުނީ، އެ ލިސްޓު ގިންތި ކޮށްފައިވަނީ 2 ގްރޭޑަކަށް ކަމަށެވެ. އަދި ހުރިހާ ފާމަސީއެއް ގައިވެސް އެގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 އިންސައްތަ ލިބޭނެ އިންތިާމު ހަމަޖައްސަންވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އެ އޮތޯރިޓީން ބުނީ، ފާަސީ ގިންތި ކުރެވިފައިވާ ގޮތުގެ ތަފްސީލު، 'ގައިޑްލައިން އޮން މިނިމަލް ރިކުއެއަމެންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާމަސީ" ގައި ތަފްސީލުކޮށްފައިވާނެ ކަމަށެވެ. އެ ގައިޑްލައިން އެ އޮތޯރިޓީގެ ވެބްސައިޓާއި، ސިއްހަތާއި އާއިލާއާއި އިޖްތިމާއީ އެހީއާ ބެހޭ ވުޒާރާގެ ވެބްސައިޓް އަދި ދިތިރި ޕޯޓަލްގެ ޕަބްލިކޭޝަނުން ލިބިވާޑައިގަންނަވާނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

އެ އޮތޯރިޓީން ބުނީ މި ބަދަލާއެކު މިހާރު ހިންގަމުންދާ ފާމަސީތައް، ގިންތި ކުރެވިފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް މަދުވެގެން 06 މަސް ދުވަހުގެ ތެރޭގައި ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އަލަށް ހުޅުވާ ފަމަސީ، ރަޖިސްޓްރީ ކުރުމަށް ފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރަނީ، އެ ގިންތިއެއްގެ ފަމަސީގައި ބަހައްޓަން ޖެހޭ ބޭސް ހަމަ ކުރުމުން ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.