ކުދި ހިމަ ގޯޅީތަކުގައި ޕާކްނުކުރެވޭ ގޮތް ހަދަންޖެހޭ ކަމަށް މަލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 09 ވަނަ ރަސްމީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ކުދި ހިމަ ގޯޅީތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގެއަށްވަދެ ނިކުމެ އުޅެން ފަސޭހަވާނެހެން ގޭ ދޮރުމަތީ ޕާކުނުކުރެވޭ ގޮތަށް ރޭމްޕްލުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އާޒިމް ވަނީ ޕޭވްމެންޓް ނެތް ގޯޅިތަކުގައި، ކޮން ގެތަކެއްގަތޯ ނޫނީ ޕޭވްމެންޓް އަޅަންވީ ކިހާ ވަރަކަށްކަން ދެނެގަންނަން ޖެހޭ ކަން ފާހަގަކުރަައްވާފަ އެވެ.

ރޭމްޕް އަޅައިދީ ވަދެ ނިކުމެވޭނެ ގޮތް ހަދައިދިނުމަކީ މުހިއްމު ކަމެއް، މިގޮތަށް މީހުން ގެތަކަށްލާ ބަންދު ކޮށްފަ އެއް ނުއެއް ބޭތިއްބޭނެ"

މަލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރައްޔިތުން އެދުމުގެ ކުރިން ކައުންސިލަށް ކުރެވޭނެ މަސައްކަތްތައްވެސް ހުންނާނެ ކަމަށެވެ. އެގޮތުން ރޭމްޕު އަޅައިދޭންޖެހޭ ގެއަކާ ޖެހި ގެޔެއް ހުރެދާނެ ކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަން ކޮށްދޭން ޖެހޭނެ ކަމަށެވެ.

އާޒިމް ވަނީ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން ބައެއް ގޯޅިތައް ފާހަގަކުރެވިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ދޮރުން ދޮރަށް ދިޔަ އިރު އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ގޯޅިތަށް، މާފަންނު ކޮޅުގައިވެސް ހަމަ، މާވެޔޮ މަގުންގޮސް ދެވަނަ އަށް އެޅޭ މަގުގައި އެއްވެސް ޕޭވްމެންޓެއް ނޯންނާނެ "

މަލެ ސިޓީގެ މޭޔަރު އާދަމް އާޒިމް

ޕޭވްމެންޓެއް ނެތި ސައިކަލުތައް ގޭ ދޮރުމަތީގައި ޕާކު ކުރުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކެއް ރައްޔިތުންނަށް އުފުލަން ޖެހިފައިވާ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.