މާލެ ސިޓީގެ ކަންކަމުގައި ހުރި ކަންބޮޑުވުންތަކާއި، ގަވާއިދާ ޚިލާފު އަމަލުތައް ނުވަތަ އިޞްލާޙުކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތު ކައުންސިލާ ހިއްސާކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް އެދިވަޑައިގެންފިއެވެ.
މޭޔަރު ޢާޒިމް މިގޮތަށް އެދިވަޑައިގެންނެވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މޭޔަރު ޢާޒިމް ވިދާޅުވީ، ވެރިކަން ހިންގުމުގެ ހުރިހާ ނިޒާމެއްގެ އަސާސަކަށް ވާންޖެހޭނީ ދެފުށް ފެންނަ، އަދި ޖަވާބުދާރީވަނިވި އުޞޫލުތައް ކަމަށެވެ. އެހެންކަމުން މާލެ ސިޓީގެ ކަންކަމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ގަވާއިދާ ޚިލާފު ކަންކަމުގެ މައުލޫމާތު އަދި އިސްލާހުކުރަން ފެންނަ ކަންކަން ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް މިފަދަ މަޢުލޫމާތުތައް ފަސޭހަކަމާއެކު ހިއްސާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ޚާއްޞަ އީމެއިލް އެޑްރެހެއް ކަނޑައަޅާފައެވެ. އެގޮތުން މަޢުލޫމާތު ފޮނުވުމަށް ކަނޑައަޅާފައިވާ އީމެއިލް އެޑްރެހަކީ[email protected]އެވެ.
މޭޔަރުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވީ ރައްޔިތުންގެ ޚިޔާލާއި ބަހަކީ ނުހަނު އަގުހުރި އެއްޗެއް ކަމަށެވެ. މީގެއިތުރުން އެންމެން ގުޅިގެން މަސައްކަތްކޮށް، މާލެ ސިޓީ ކައުންސިލަކީ ދެފުށް ފެންނަ، ޒިންމާދާރު، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް އެމަނިކުފާނު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.