ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި
މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، މިއަދު މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކު ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެއްކްޓަރ މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުގެ ދަށުން، ޖުމްލަ 2،28 ހެކްޓަރުގެ ބެކްފިލްކުރުން، 939 މީޓަރުގެ ބޮޑުހިލަ ރިވެންޓުމެންޓު، 312 މީޓަރުގެ ބޮޑުހިލަ ލޯކްރެސްޓް ބެރޭކްވޯޓަރ އަދި ޖުމްލަ 180 މީޓަރުގެ ގްރޮއިން ޖެހުން ހިމެނެ އެވެ.

އެ ވުޒާރާއިން ވަނީ، ގޮނޑުދޮށް ހިމާޔަތްކުރާ ގޮތުގެ ކުރެހުމެއްވެސް އާންމުކޮށްފަ އެވެ.