ރ. އިންނަމާދު މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރަނީ
އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރަނީ

ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ގޮތުގައި، މިއަދު ރ. އިންނަމާދޫ މޫދަށް އެރޭ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާ އެކުގައި ވަނީ ސޮއިކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް އިސްމާއިލް ހަމީދު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ، ޑެޕިއުޓީ މެނޭޖިން ޑިރެއްކްޓަރ މުހައްމަދު ޖަމްޝީދު އެވެ.

މި މަޝްރޫއުގެ ދަށުން، 100 މީޓަރުގެ ބޮޑުހިލަ ގްރޯއިން ޖެހުން، 200 މީޓަރުގެ ބޮޑުހިލަ ބްރޭކް ވޯޓާ ޖެހުން، އަދި 4100 މީޓަރު ސީބީއެމެ ބީޗް ނަރިޝްމަންޓް ކުރުން ހިމެނެ އެވެ.

އެ ވުޒާރާއިން ވަނީ، ގޮނޑުދޮށް ހިމާޔަތްކުރާ ގޮތުގެ ކުރެހުމެއްވެސް އާންމުކޮށްފަ އެވެ.

މި މަޝްރޫއު އެމްޓީސީސީއަށް ހަވާލުކޮށްފައި ވަނީ، 180 ދުވަހުގެ މުއްދަތަކަށެވެ.