މާލެ އިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓުކުރުމާ ގުޅިގެން، ލ.މުންޑޫ، ގުލްޒާރުގެ އުމުރުން 25 އަހަރުގެ މަރްޔަމް މާއީ ޖަމީލް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މަރްޔަމް މާއީ ޖަމީލް މިހާރު ދިރިއުޅެމުން ދަނީ މާލޭގައި ކަމަށާއި، އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންކަމުން ފުލުހުން ވަނީ، މަރްޔަމް މާއީ ޖަމީލާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9400053 ނުވަތަ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.