ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން، އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަލިފާނުގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

މި ސެޝަނުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި، ކުއްލި ހާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން، އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތްތަކާ ބެހޭ އަމަލީ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުން، ރައްކާތެރި ދިރިއުޅުމުގެ މާހައުލެއް ގާއިމުކުރުމުގައި ހުރިހާ އެންމެންގެ ޒިންމާ ވެސް މި ސެޝަންގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އަބަދުވެސް ސަމާލުވެ ތިބުމަށާއި، ކަނޑައެޅިފައިވާ އަލިފާނުގެ ރައްކަތެރިކަމުގެ އުސޫލުތަކަށް އަމަލުކުރުމާއި، އަލިފާނުގެ ނުރައްކާ އިތުރުވެދާނެ ކަންކަމުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އިމަޖެންސީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ރައްޔިތުންނަށް ބާރު އަލުން ދިނުމަށް ރައްޔިތުންނަށް ބާރުއަޅާފައިވެއެވެ.

އަލިފާނުގެ ހާދިސާތަކާ ގުޅުންހުރި ނުރައްކާތައް ކުޑަކުރުމަށާއި، އަމާން ޓަވަރުތަކުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މުޖުތަމައުގެ ހޭލުންތެރިކަމާއި ތައްޔާރީތަކުގެ މުހިންމުކަން އެފްޑީސީ އާއި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ވަނީ ފާހަގަކޮށްފައެވެ.