ޕްރެސާވިތް ސްޕޯކްގެ މިއަދު ބާއްވަން ހަމަޖެހިފައިވާ ޕްރެސް ކޮންފަރެންސް ކެންސަލްވީ "ސައްހަ" ނޫން ނުސްވެރިއަކު ޕްރެސްއަށް ހުރަސްއެޅުމުން ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެގޮތުން މުންދު މީޑިއާތަކަށް ފޮނުވާފައިވާ ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައިވަނީ ޕްރެސާވިތް ސްޕޯކްގެ ސިލްސިލާގެ އަދަދެއް ބޭއްވުމުގެ ނިޔަތުގައި މިއަދު ހަވީރު 4:00 ގައި ބޭއްވުމުގެ ނިޔަތުގައި ދައުވަތު ރަސްމީ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް އޮފީހުގައި އެކަމަށް ހަމަޖެހިފައި އޮންނަ ގްރޫޕްއިން "ސައްހަ" ކޮށް ދައުވަތު އަރުވާ މީޑިއާތަކަށް ދައުވަތު ވާނީ އަރުވާފަކަމަށެވެ.

އެހެން ނަމަވެސް އެ ގްރޫޕްގައި ނުހިމެނޭ " ޑްރާމާ އާއި ފިލްމު ކުޅުމާ ޤައިރު ގާނޫނީ " ކަންތައް ކުރުމުގައި އުޅޭ މީޑިއާގެ ތޮފިއަޅައިގެން އުޅޭ ކަމަށް އަދަދު ނޫސް ސިފަކޮށް މުންދު ވިދާޅުވީ ޕްރެސް ކޮންފަރެންސައް ހުރަސްއެޅުމަށްޓަކައި އެބޭފުޅުންގެ އިތުރު ޑްރާމާއެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

މުންދު ވިދާޅުވީ ޕްރެސާ ވިތް ސްޕޮކްސްއަށް ދައުވަތު އަރުވަނީ ރައީސުލްޖުމަހޫރިއްޔާގެ އޮފީހުގައި ބާއްވާ ޕްރެސް ކޮންފަރެންސަށް ދައުވަތު އަރުވާ ރަސްމީ ގެޒެޓް ކުރެވި އިއުލާން ކުރެވި އަދި ރަސްމީ ގޮތުން ހުރިހާ މީޑިއާތަކެއް ވެސް ސްކީރްކޮށް ކޮންމެ މީޑިއާއަކުން އެކަށައަޅާ ނޫސްވެރިޔަކު ހިމެނޭ ގޮތަށް އޮންނަ ރަސްމީ ގްރޫޕެއްގައި

މީގެ ދެ ތިން މަސް ކުރިން އަދަދު ނޫހުން ޣައިރު ގާނޫނީ އަމަލުތަކެއް ރައީސްޖުމްހޫރިއްޔާގެ އޮފީހުގައި ހިންގުމާއި ގުޅިގެން، އަދި ޖިނާއީ މައްސަލަތަކެއް އެފަރާތާއި ގުޅޭގޮތުން ކުރިއަށްދާތީވެ، އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަޅުގަނޑުމެން ވާނީ އެ ގްރޫޕުން އަދަދު ނޫސް އެ ހިސާބުން އުނިކޮށްފައި

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)

ގަވާއިދާ އުސޫލުގެ ތެރެއިން ކަންކަން ރާވާފައި އޮއްވާ ޕީއެސްއެމްގައި އޮތް މި ނޫސް ކޮސްފަރެންސްގެ ވަގުތާއި ކައިރިވިތަނާ އަދަދު ނޫހުގެ ނޫސްވެރިއެއް އެތަނުގެ ތެރޭގައި އިށީންދެ އެތަނުން ނުކުންނަން ބޭނުން ނުވާތީވެ، ޕްރެސް ކޮންފަރެންސްވެސް މި ދަނީ ލަސްވަމުން ގޮސް އެ ޕްރެސް ކެންސަލް ކޮއްލާފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

މި އަހަރުގެ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ޗީފް ގަވަމަންޓް ސްޕޯކްސްޕާސަންގެ މަގާމަށް އައްޔަންކުރެއްވުމަށް ފަހު މުހައްމަދު ހުސައިން ޝަރީފް ވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް "ޕްރެސާ ވިތް ސްޕޮކްސް" ގެ ނަމުގައި ސިލްސިލާ ބްރީފިންތަކެއް ދެއްވަން ފައްޓަވާފައެވެ.

އަދި ކޮންމެ ބައްދަލުވުމެއް ވެސް ގާތްގަނޑަކަށް 55 މިނެޓަށް ދެމިގެންދާނެ ކަމަށާއި މަގުޞަދަކީ ނޫސްވެރިންނަށް ސަރުކާރުގެ ބަޔާންތަކާއި މައުލޫމާތާއި ތަފާސްހިސާބު ހޯދުން ފަސޭހަ ކުރުން ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.