ފެނަކަ އުވާލުމަށްފަހު ސްޓެލްކޯއާއި އެއްކޮށްލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދާ ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަރުހަލާ ނިމުމުން މުޅި ރާއްޖޭގައި ހިދުމަތްދޭނީ ސްޓެލްކޯއިން ކަމަށެވެ. އެހެންކަމުން ފެނަކައިން ކުރާ ހުރިހާ މަސައްކަތް އެއްކޮށް ސްޓެލްކޯއަށް ބަދަލު ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް އެކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ކުރެވޭ ކަމެއްގެ ގޮތުގައި ފަންނީ ބޭފުޅުން ވިދާޅުވާ ގޮތުން ކުރެވޭނެ ކަމަކަށް ނުވޭ. އެހެންވީމަ ސަރުކާރުން މިކަމާއި ބެހޭ ގޮތުން ވަރަށް ފުންކޮށް ވިސްނާއި މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ ކުރިން ވެސް އަޅުގަނޑުމެން ނިންމިން ނިންމުމެއް. އެކަމުގައި ވެސް ޕްރެކްޓިކަލީ ގެންދިޔުމުގެ ދަތިކަން ދިމާވެފައިވޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް 2012 ވަނަ އަހަރު އުފެއްދި ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.