ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 4 މީހަކަށް އަނިޔާތަކެއް ވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސް މަގު، ވިނަރެސް 5 ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ރޭ 11:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ދެ ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ފަހަތުގައި ތިބި މީހުން ހިމެނޭގޮތަށް ޖުމުލަ ހަތަރު މީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.