ސްކޫލްތަކުގެ މިޑް ޓާމް ބަންދާ ދިމާކޮށް، ދަރިވަރުންނަށް ހާއްސަކޮށްގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އައިކެއަރ މިޑް ޓާމް ސޭލް: ދަރިވަރުންނަށް ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ލުޔެއް!
އައިކެއަރ މިޑް ޓާމް ސޭލް: ދަރިވަރުންނަށް ނަންބަރު އައިނު ފްރޭމްތަކުން 25 އިންސައްތައިގެ ލުޔެއް!

މިއަދު ފެށި މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ ބަންދު ދުވަސްވަރު ދަރިވަރުންގެ ލޮލުގެ ޓެސްޓުތައް ހަދައި، ސްކޫލްތައް ހުޅުވުމުގެ ކުރިން އައިނު އައުކޮށްލަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެެއް ކަމުގައި އައިކެއަރ އިން ފާހަގަކުރެއެވެ.

މި އޮފަރ ހުޅުވާލެވިފައި ވަނީ އުމުރުން 25 އަހަރުން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށް ކަމަށާއި، ޑިސްކައުންޓް ލިބޭނީ އައިނު ބޭނުންކުރާ ދަރިވަރު އައިކެއަރގެ އައުޓްލެޓަށް ހާޒިރުވެގެން ކަމަށް އައިކެއަރ އިން ބުނެއެވެ. މީގެއިތުރުން، އުމުރުން 18 އަހަރުން މަތީގެ ދަރިވަރުން ޑިސްކައުންޓް ހޯދުމަށް ސައްހަ ސްޓޫޑެންޓް އައިޑީ ކާޑު ނުވަތަ ކިޔަވާކަން އަންގައިދޭ ލިޔުމެއް ހުށަހަޅަން ޖެހޭނެކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އައިކެއަރ އިން މައުލޫމާތު ދޭ ގޮތުގައި 25 އިންސައްތައިގެ ޑިސްކައުންޓް ލިބޭނީ ހަމައެކަނި ފްރޭމްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ދަރިވަރަކަށް އެއް ފްރޭމަށްވުރެ ގިނަ ފްރޭމް ވެސް ޑިސްކައުންޓް އަގުގައި ގަތުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަން އައިކެއަރގެ ހުރިހާ އައުޓްލެޓެއްގައިވެސް ކުރިއަށްދާނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް އައިކެއަރގެ ވެބްސައިޓް https://eyecare.mv/offers ނުވަތަ އެންމެ ކައިރީގައި ހުރި އައިކެއަރ އައުޓްލެޓަކަށް ޒިޔާރަތްކުރުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.