ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް ވަޒީރު ހީނާ ވަލީދު އިންތިހާބުވެއްޖެއެވެ.

މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި އިންތިޚާބު ކުރުމަށް ޕާޓީގެ އަސާސީގެ ޤަވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ މެންބަރުންގެ މައުލޫމާތު އެ ޕާޓީން ރޭ ވަނީ އާންމުކޮށްފައެވެ.

އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް ކުރިމަތިލެއްވީ މިނިސްޓަރު ހީނާ އެކަންޏެވެ. އެހެން ކަމުން އެކަމަނާ ވަނީ އެ މަގާމަށް އިންތިހާބުވެފައެވެ.

ހީނާ ވަނީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވާފައެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާނުކަން ކުރެއްވިއެވެ.

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންސްޕާގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ މިނިސްޓަރު ހީނާ, ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާގެ މަގާމަށް އިންތިހާބުވުމުން ގިނަ ބަޔަކު ދަނީ ތަހުނިޔާ ކިޔަމުންނެވެ.

ހީނާ ވަނީ 2024 އިން 2026 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މަގާމު ވެސް ފުރުއްވާފައެވެ. އެކަމާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޗީފް ސްޕޯކްސްޕާސަންއެވެ.

މީގެއިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ) ގެ ސީއީއޯގެ މަގާމު ވެސް ފުރައްވާފައިވާ ހީނާ ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.