ވޭތުވެދިޔަ ހަފުތާގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް، (އެމްއެންޑީއެފް) ކޯސްޓްގާޑުން، ސިއްހީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 89 މެޑިކަލް އިވެކުއޭޝަން ހަދައިފިއެވެ.
އެމްއެންޑީއެފް އިން އެކްސްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ސީޖީ ފަސްޓް ސްކުއަޑްރަން އިން ވަނީ 49 އިވެކުއޭޝަން ހަދާފައެވެ.
މީގެ އިތުރުން ސީޖީ ސެކަންޑް ސްކުއަޑްރަން އިން 7 އިވެކުއޭޝަން، ސީޖީ ތާރޑް ސްކުއަޑްރަން އިން 16 އިވެކުއޭޝަން އަދި ސީޖީ ފޯރތް ސްކުއަޑްރަން އިން 17 އިވެކުއޭޝަން ހަދާފައިވާ ކަމަށް އެމްއެންޑީއެފްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއީ މި މަހުގެ 22 އިން ފެށިގެން 29 އާ ހަމައަށް ކުރިއަށްގެންގޮސްފައިވާ އިވެކުއޭޝަންތައް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
ޞިއްޙީ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމުގައި ކޯސްޓްގާޑުން މުހިންމު ދައުރެއް އަދާކުރެއެވެ.