ދިވެހިރާއްޖޭގައި އެހެންދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްއިއްޔަތުއް ސަލަފުން ތާއީދު ކުރާކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށް ސަލަފުން ބުނެފިއެވެ.

ސަލަފާއި ގުޅޭގޮތުން ނޫހަކުން ވަނީ ރާއްޖޭގައި އެހެންދީންތަކުގެ މީހުން ވަޒަންވެރިކުރުމަށް ޖަމްޢިއްޔަތުއް ސަލަފުން ތާއީދު ކުރާކަމަށް ބުނެ ހަބަރެއް ފަތުރާފަ އެވެ.

އެ ހަބަރު ދޮގުކޮށް ސަލަފުން ނެރުނު ނޫސް ބަޔާނުގައި ބުނީ، ދިވެހި ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރިކުރަން ޖަމިއްޔަތުއް ސަލަފުން ތާއިދު ކުރާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަރުތަނީ ކަނޑައެޅިގެން ދޮގު ހަބަރު ކަމަށެވެ.

އެގޮތުން ސަލަފުން ކުރި އިލްތިމާސް އަކީ ތަރައްގީގެ ކޮންމެ މަޝްރޫއުއެއް ގައިވެސް ދިވެހި ރާއްޖޭގެ ސައްތައިންސައްތަ އިސްލާމީވަންތަކަން ކަށަވަރުވާން ޖެހޭނެ ކަމަށާއި، ދިވެހި ރާއްޖެގެ އިސްލާމީ ޝަހުސިއްތަށް ބުރޫއަރާފަދަ އެއްވެސް ކަމަކަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

ރަސްމާލެ މަޝްރޫއު މައްސަލާގައި ސަލަފުން ވަނީ ރަސްމާލެ މަޝްރޫއު ފަދަ ބޭރުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެއާ ގުޅޭ ގާނޫނީ އޮނިގަނޑާއި އެއްބަސްވުންތައް އެކަށައެޅުމުގައި މައިގަނޑު 8 ކަމަކަށް ރިއާޔަތްކޮށް، އެކަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާފަ އެވެ.