ހުޅުމާލެ ރުއްގަނޑު އެކެއް ކައިރީގައި ހުންނަ ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު ހެނދުނު 10:00 އެހައިކަންހާއިރު ހިނގި މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ސީންއަށް އެޓެންޑްވިއިރު އަލިފާންގަނޑު ވަނީ ނިއްވާލާފައި ކަމަށެވެ.
މި ހާދިސާގައި އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީންނަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ހާދިސާގައި ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ލިބިފައި ނުވާއިރު، ކެފޭގެ އިމާރާތަށާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ބާރު އަޑެއް އިވުމާއެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތަޅައިގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.