އިޓާލިއަން ލީގުގައި ވާދަވެރި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ލީގު ތާވަލުގެ އެއްވަަނަަ މަގާމު ގެއްލިއްޖެއެވެ.
މިއީ އެންމެ ފަހުގެ ޗެމްޕިއަން އިންޓައަށް މިފަހަރުގެ ލީގުގައި ކުރިމަތިލާންޖެހުނު ފުރަތަމަ ބައްޔެވެ. މި ނަތީޖާއާއެކު އިންޓަ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތީ ލާޒިއޯ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ޖެހި ލަނޑުން މިލާނުން ވަނީ ލީޑު ނަގާފައެވެ. އޭގެ ހަ މިނެޓު ފަހުން އިތުރު ލަނޑެއް ޖަހައި މިލާނަށް ލީޑު ފުޅާކޮށްދިނީ އެޑްރިއަން ރަބިއޯ އެވެ.
އިންޓަގެ ހަމައެކަނި ލަނޑު، 22 ވަނަ މިނެޓުގައި ޖަހައިދިނީ އަލެސަންޑްރޯ ބަސްޓޯނީ އެވެ.
ފުރަތަމަ ހާފު ނިމެންދަނިކޮށް، މެޗުގެ 43 ވަނަ މިނެޓުގައި މިލާނުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ބެލްޖިއަމްގެ މިޑްފީލްޑަރު ޑިއޭގޯ މޮރެއިރާ އެވެ.
ރޭގެ މެޗުން ބަލިވި އިންޓަ ދެވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓާއެކު އެވެ. އެއްވަނައިގައި އޮތް ލާޒިއޯ ވަނީ ނުވަ މެޗުން 25 ޕޮއިންޓް ހޯދާފައެވެ. އަދި 21 ޕޮއިންޓާއެކު މިލާން އޮތީ ފަސް ވަނައިގައެވެ.