ހެރިޓޭޖް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާއެކު ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ، ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން ހަރަކާތްތައް ހިންގުމަށާއި، ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ ހިޔާލު ބަދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ހީނާ ވަލީދުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. މި ވަފުދުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު މުނާޒާއި، ޕާމަނަންޓް ސެކްރެޓަރީ ޔާނިއު ހާޝިމާއި، އިވެންޓްސް ޑިރެކްޓަރ ޢާއިޝަތު ޙަމްލާއާއި، ސީނިއަރ އިވެންޓް ޕްލޭނަރ ޢައްބާސް މުޙައްމަދު އަދި ސީނިއަރ ޕީއާރް އޮފިސަރ މުޙައްމަދު ނަވީ ހިމެނިވަޑައިގަންނަވައެވެ.