ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި 4 ވަރަކަށް ގޭގެ ފުރާޅަށާއި ބައެއް ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއްވެ، މީހަކަށް އަނިޔާވެއްޖެއެވެ.

ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެ، މީހަކަށް އަނިޔާވެއްޖެ!
ޅައިމަގަށް ނަގޫރޯޅިއެއް އަރައި ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެ، މީހަކަށް އަނިޔާވެއްޖެ!

އެންޑީއެމްއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާގައި ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސް ފަރުވާދެމުންދާއިރު، ނަގޫރޯޅީގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން ދަނީ ކުރަމުންނެވެ.

ފޮޓޯ - ވީ ލަވް ޅައިމްގު

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން 2026 ނޮވެންބަރު 7 އިން 11 އަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމި އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން، އެންމެ ފަހުގެ މޫސުމީ މައުލޫމާތުތަކަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހުރިހާ ފަރާތްތަކަށް މެޓްއިން ވަނީ އިލްތިމާސްކޮށްފައެވެ.