ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ހިންގަވާ ޗެރިޓީގެ ހިޔާނާތާ ގުޅިގެން ތަހުގީގަށް ހާޒިރުކުރަނީ
ސްރީ ލަންކާގެ ކުރީގެ ފަސްޓް ލޭޑީ ޝިރަންތީ ރާޖަޕަކްސާ ހިންގަވާ ޗެރިޓީ ޖަމްއިއްޔާއަކަށް ލިބުނު އެހީގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމަށް، އެ ގައުމުގެ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ބުދަ ދުވަހު އަންގައިފި އެވެ.