Live 129,611 stories Updated Sep 15, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޣައްޒާ ޑޮކިއުމެންޓްރީ ހެދި ޑައިރެކްޓަރުންގެ ރައްޔިތުކަން އަތުލަން އިޒްރޭލުގެ ވަޒީރަކު ގޮވާލައިފި

ފަލަސްތީނުގެ ޣައްޒާާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ، އެވޯޑް ހޯދި ޑޮކިއުމެންޓްރީގެ އިޒްރޭލު ޑައިރެކްޓަރުންގެ ރައްޔިތުކަން އަތުލަން އިޒްރޭލުގެ ކަލްޗާ މިނިސްޓަރު މިކީ ޒޯހާރު އާދީއްތަ ދުވަހު ގޮވާލައިފި އެވެ.

އީރާނު ހަނގުރާމައާ ހުރެ އެމެރިކާގެ ހަތިޔާރު ވަރަށް މަދުވެއްޖެ، 33.4 ބިލިއަން ހަރަދުވެއްޖެ: ޕެންޓަގަން ރިޕޯޓް

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އަސްކަރީ ހަތިޔާރުގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ގޮސް، ހަތިޔާރު ސަޕްލައި ކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަން ޕެންޓަގަންގެ އިންސްޕެކްޓަ ޖެނެރަލްގެ އާ ރިޕޯޓަކުން ކަށަވަރުވެއްޖެ އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމަށް

ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަން ކުރެއްވުމާ އެކު، އެ މަގާމުގެ މަސްއޫލިއްޔަތާ ވަގުތީ ގޮތުން މިހާރުގެ ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ހާނިމްއާ ހަވާލުކޮށްފި އެވެ.

އީކޮމާސް ލިމިޓް ރިސެޓްވުމާ އެކު، ސިކުންތަކު 70 އަށް ވުރެ ގިނަ މުއާމަލާތް ހިނގާ

އެންމެ ގިނަ މީހުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށް ވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުން އަންނަ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިއަދު ބުނެފި އެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް ތޮލާލް ރައީސް އޮފީހަށް، ނާޒިމް ހުންނެވި މަގާމަށް އާ ބޭފުޅެއް

ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުހައްމަދު ތޮލާލް، މިނިސްޓަރުންގެ ފެންވަރުގެ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައި، އެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

Loading fresh headlines…