ޔުރޭނިއަމް އާއި ރެއާއާތު މިނެރަލް އެކުލެވޭ 110 މިލިއަން ޓަނުގެ އޯރް މަދީނާ ސަރަހައްދުން ފެނިއްޖެ
ނިއުކްލިއާ ހަކަތަ އުފެއްދުމަށާއި އެހެނިހެން ބައެއް ބޭނުންތަކަށް އެކަށީގެންވާ މިންވަރަކަށް ޔުރޭނިއަމް އެކުލެވޭ "ޔުރޭނިއަމް-ބެއަރިން އޯރް" އާއި ރެއާއާތު މިނެރަލް ހިމެނޭހެން 110 މިލިއަން ޓަނުގެ މިނެރަލް ހުރި ރިޒާވެއް މަދީނާ ސަރަހައްދުން ފެނިފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފި އެވެ.