Live 129,615 stories Updated Sep 14, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ނުނިމި ހުރި ރިސޯޓުތަކުން ފައިސާ ދައްކައިގެން މުއްދަތު އިތުރުކުރެވޭ އުސޫލެއް

ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ނުނިމޭ ހާލަތުގައި، ސަރުކާރަށް އިތުރަށް ފައިސާ ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވާއިދެއް ހަދައިފި އެވެ.

ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް ދަށްވެއްޖެ: ސައީދު

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ޑޮލަރުގެ ރޭޓު ކުރީގައި ހުރި ވަރަށް މިހާރު ދަށްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ ނަމޫނާ ކޮންގްރެސްއެއް، އެހެން ޕާޓީތަކުން މިކަން ތަޖުރިބާކުރަން އައުމަށް ދައުވަތު ދެން: އަދުރޭ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް(ޕީއެންސީ) އިން މާދަމާ ފަށާ ކޮންގްރެސްއަކީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ފުރިހަމަ ކޮންގްރެސްއަށް ވާނެ ކަމަށާއި އެހެންވެ، އެހެން ޕާޓީތަކުން އެ ކޮންގްރެސްގެ ކަންކަން ބަަލައި ތަޖުރިބާކުރަން އައުމަށް ދައުވަތު ދެއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމ…

ރެއާލްގެ ކުރީގެ ތަރި ހޯޒޭ ދިވެހި ލީގުގައި ނުކުޅެ އެނބުރި ގައުމަށް: ސަބަބަކީ ކޮބާ؟

ރެއާލް މެޑްރިޑްގެ މިހާރުގެ ކޯޗު ހޯޒޭ މޮރީނިއޯ، އެ ކްލަބްގައި ހޭދަކުރި ފުރަތަމަ ދައުރުގައި ސީނިއާ ޓީމުން ފުރުސަތު ދިން އޭރުގެ ޒުވާން ކުޅުންތެރިޔާ ހޯޒޭ ރޮޑްރިގޭޒް، ރާއްޖޭގެ އޮޑި ސްޕޮޓްސް އަށް ސޮއިކުރަން އުޅޭ ވާހަކަ، އެ ކްލަބުން އިއުލާން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ.

ދެ ބޯޓު އުރުނު މައްސަލަ: ފަރަށް ލިބުނު ގެއްލުން ބެލުން ލަސްވަނީ މޫސުން ތަން ނުދޭތީ!

މާލެ ކައިރިން ބޮޑު ދެ ބޯޓު އޮޔާ ގޮސް ސިނަމާލެ ބްރިޖުގައި ޖެހުނު ހާދިސާގައި ފަރަށް ލިބުނު ގެއްލުން ބެލުން ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން މިއަދު ބުނެފި އެވެ.

ސައުދީ ލީގުގައި ޖޯޓާއަށް މަލާމާތް ކުރި ސަޕޯޓަރުން އުމުރަށް ސަސްޕެންޑް ކުރަން ރޮނާލްޑޯ ގޮވާލައިފި

ސައުދީ އަރަބިއާގެ ޕްރޯ ލީގުގައި މެޗެއްގައި ޕޯޗަގަލްގެ ކުރިގެ ކުޅުންތެރިޔާ ޑިއޭގޯ ޖޯޓާ އަށް ނިސްބަތްކޮށް މަލާމާތްކުރި ސަޕޯޓަރުން އުމުރު ދުވަހަށް ސަސްޕެންޑް ކުރަން ކްރިސްޓިއާނޯ ރޮނާލްޑޯ ގޮވާލައިފި އެވެ.

މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ހާއްސަ ހެދުމެއް ޑިޒައިން ކުރަން ހުޅުވާލަނީ

ރާއްޖޭގެ މިސްކިތްތަކުގައި ނަމާދުކުރާ އިމާމުންނަށް ހާއްސަ ހެދުމެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…