އާ ގާނޫނުގައި މާލެއަށް ވަކި އިންތިޒާމެއް ހިމެނީ އެހެން ގޮތަކަށް ހައްލު ނުވާނެތީ: ސައީދު
އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މާލެއަށް ވަކި އިންތިޒާމެއްތަކެއް ހިމަނައި ވަކި އޮފީހެއް ގާއިމްކުރަން ކަނޑައެޅީ މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އެހެން ގޮތަކަށް ހައްލުނުވާނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.