މުސާރައިގެ އާ އޮނިގަނޑުގައި ހުރި މައްސަލަތައް އެބަ ހައްލުކުރަން: ޕޭ ކޮމިޝަން
ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕޭ ކޮމިޝަނުން ބުނެފި އެވެ.