Live 125,767 stories Updated Apr 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރަނީ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވަކިކުރަން ޕީއެންސީގެ އެތެެރެއިން މަސައްކަތް ފަށާފައިވާ ކަމުގެ ވާހަކަތަކެއް ފެތުރިފައި ވަނިކޮށް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެކަން މިއަދު ދޮގުކުރައްވައިފި އެެވެ.

އަތޮޅު ކައުންސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް ބާއްވަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

މިހާރު ހިނގަމުންދާ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކޮށް، އަތޮޅު ކައުންސިލްތައް މިހާރު ވެސް އޮތް ގޮތަށް ބާއްވަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގާނޫނުއަސާސީ އަށް މިއަދު އިސްލާހު ހުށަހަ…

މާލެ އާއި ހުޅުމާލޭ ޓްރެކް ދަނޑު ބްލޮކްވެ ދުވުންތެރިންނަށް ދަތިތަކެއް

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތާއި، ކްރިކެޓް މުބާރާތަށް މާލޭ ޓްރެކް ދަނޑާއި، ހުޅުމާލޭ ޓްރެކް ދަނޑު ދީފައި އޮތުމުން، އެތުލެޓިކްސްގެ ތަމްރީންތަކަށް ހުރަސް އެޅޭނެ ކަމަށް ބުނެ މަޝްހޫރު އެތުލެޓިކްސް ކޯޗު ނަސީރު އިސްމާއީލް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޖުބިލީ މުބާރާތަށް ސްކޮޑް ނަގައިފި، އާދީއްތަ ދުވަހު ޕްރެކްޓިސް ފަށާނެ

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް ގައުމީ ޓީމުގެ ސްކޮޑް އެކުލަވާލައި، އަންނަ އާދީއްތަ ދުވަހު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.

ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުން 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

ފުލުހުންގެ ވަޒީފާ އިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް އަލުން ވަޒީފާ ދޭން ހައި ކޯޓުން ކުރި ހުކުމުގައި އެ މުއްދަތުގެ މުސާރަ އާއި އިނާޔަތް ދޭން އަމުރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހިލާފަށް ކަމަށް ވާތީ އެ ބައި އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ޕީއެންސީގެ ޕްރައިމަރީގައި ވޯޓުލާނީ 727 މީހުން

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގައި 727 މީހަކު ވޯޓުލާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

Loading fresh headlines…