Live 128,352 stories Updated Jul 22, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ކަނޑުފޭރުނު މައްސަލާގައި އިންޑިއާގެ ކޯޓަކުން ސޯމާލިއާގެ 44 މީހަކު އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ސޯމާލިއާގެ ކައިރިން ދަތުރުކުރި އުޅަނދުތަކަކަށް ހަމަލާދީ ފޭރުނު މައްސަލައިގައި ސޯމާލިއާގެ 44 މީހަކު އުމުރަށް ޖަލަށް ލާން އިންޑިއާގެ ހާއްސަ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރުމުގެ ބާރު އަޅުގަނޑުގެ އޮފީހަކަށް ނެތް: މަމްދާނީ

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ނެރެފައިވާ އަމުރު ތަންފީޒުކުރުމުގެ ގާނޫނީ ބާރު އޭނާގެ އޮފީހަށް ލިބިގެންނުވާ ކަމަށް ނިއު ޔޯކްގެ މޭޔަރު ޒަހްރާން މަމްދާނީ ވިދާޅުވެއްޖެ އެވެ.

"ގޮޑްޒިލާ"ގެ އެކްޓަރަކު އެކްސިޑެންޓެއްގައި މަރުވެއްޖެ

"ގޮޑްޒިލާ ވާސަސް ކޮންގް" އާއި "ގޮޑްޒިލާ އެކްސް ކޮންގް: ދަ ނިއު އެމްޕަޔާ"ގައި "ޖިއާ"ގެ ރޯލު ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި ޒުވާން އެކްޓްރެސް ކޭލީ ހޮޓްލް ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެ އެވެ.

ކުޑަކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި އީޔޫގެ ފުރަތަމަ ގައުމަކަށް ފްރާންސް

އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށް، އެފަދަ ފިޔަވަޅެއް އެޅި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފުރަތަމަ ގައުމަކަށް ފްރާންސް ވެއްޖެ އެވެ.

ތިލަފުށީގައި މީހަކު މަރުވި ހާދިސާގައި ޑްރައިވަރުގެ އިހުމާލެއް ނެތުމުން ދައުވާއެއް ނުކުރި

ކ. ތިލަފުށީ ވޯކް ސައިޓެއްގައި ބިދޭސީއަކު މަރުވެފައި އޮއްވައި ފެނުނު މައްސަލާގައި ހައްޔަރުކުރި ސްރީ ލަންކާގެ މީހާގެ މައްޗަށް ދައުވާ ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކޮށްފި

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ.

ދަރޭތި

(އާދިއްތަ ދުވަހާ ގުޅޭ)

Loading fresh headlines…