Live 129,627 stories Updated Sep 3, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ދަތުރުފަތުރުގެ ގާނޫނަށް ގެނައި ބަދަލުން ބޮޑު ގެއްލުމެއް ލިބޭނެ: އާޒިމް

ދަތުރުފަތުރުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގެ ސަބަބުން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބެމުންދިޔަ ހިދުމަތްތަކަށް ވަރަށް ބޮޑު ހުރަސްތަކެއް އެޅި، އިޔާދަނުކުރެވޭ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

މޮރިޝަސްއަށް ޗާގޯސް ދިނުމައިގެން އިނގިރޭސި އާ ބޮޑުވަޒީރު ކުރިއަށް

އެމެރިކާ އާއި އިނގިރޭސި ވިލާތުން އަސްކަރީ މަރުކަޒެއް ހިންގާ ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމެނޭ ޗާގޯސް އަތޮޅު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ވިލާތުން ނިންމާފައިވާ ނިންމުން އެމެރިކާގެ ރުހުމާ އެކުގައި ނޫނީ ކުރިއަށް ނުގެންދާ ގޮތަށް ކުރީގެ ބޮޑުވަޒީރު ކިއާ ސްޓާމާ ނިންމަވާފައި ވަނިކޮށް އާ ބޮޑުވަޒީރު އެން…

ނައުއްޓެގެ މަރު: ކުށް ސާބިތުނުވި ދެ މީހުންގެ މައްޗަށް ހައި ކޯޓުން ޝަރުތެއް ނުކުރި

މާލޭގައި ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި ދެ މީހުން ބަންދުން ދޫކޮށްލާފައި ތިބުމުގައި ޝަރުތުތަކެއް ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

ދުވަސްވީ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: އަޒްވަރު

ހިދުމަތުގައި ގިނަ ދުވަސް ވެފައިވާ މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ދެރައެއް ނަމަވެސް، އެ މުވައްޒަފުން ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު ވިދާޅުވެއްޖެ އެވެ.

ހިރިމަރަދޫ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައެޅި އިރު އެ މީހުންނަށް ބޭނުންވާ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސާފައި ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

މިދިޔަ 125 އަހަރު ތެރޭ އޯގަސްޓް މަހެއްގައި އިންޑިއާއަށް އެންމެ ހޫނުވީ މިދިޔަ މަހު

މިދިޔަ އޯގަސްޓް މަހަކީ 1901 ގައި މޫސުމީ ރެކޯޑުތައް ބަލަހައްޓަން ފެށީއްސުރެ އިންޑިއާއަށް އެންމެ ހޫނުގަދަވި އޯގަސްޓް މަސް ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން އިއްޔެ ބުނެފި އެވެ.

"އެކައުންޓް ކުއްޔަށްދޭ" މީހުންނަށް މަނީލޯންޑަރިންގެ ދައުވާކުރަން ނިންމައިފި

މާލީ ކުށުގެ އަމަލުތައް ހިންގުމުގައި ބޭންކް އެކައުންޓާއި ކާޑު ބޭނުންކުރަން އެހެން މީހުންނަށް ދިނުމުގެ މައްސަލަތަކުގައި ދައުވާކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

Loading fresh headlines…