Live 125,786 stories Updated Apr 18, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އާތީގެ ވަރުގަދަ ޗެލެންޖުން ޓީސީ ބަދަލުކޮށްލައިފި

ނޮވެމްބަރު ފަހުކޮޅު ޓީސީގެ ކޯޗުކަމާ ހަވާލުވުމަށް ފަހު، ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް ބުނެފައި ވަނީ "ދެން ފެންނާނީ ތަފާތު ޓީސީއެއް" ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ނަފުސަށް ނެގި ޗެލެންޖަކަށް ވެދާނެ އެވެ. އެ ޗެލެންޖުގައި އޭނާ މުޅި ޓީސީ ބަދަލުކޮށްލި އެވެ.

އިންތިހާބުގެ ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުން ފަށައިފި

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު އެއްވަރުވި ދާއިރާތަކަށް މެމްބަރުން ހޮވަން ދެ ވަނަ ބުރުގެ ވޯޓުލުން މިއަދު ފަށައިފި އެވެ.

ސަރުކާރު ހިންގުމުގެ އޮނިގަނޑާ އެކު ކެބިނެޓަށް ބަދަލު ގެނައީ އިންތިހާބާ ގުޅިގެން: މުންދު

ކެބިނެޓާ އެކު، ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ރޭ ވިދާޅުވެއްޖެ އެވެ.

އީރާނާ އެކު އެއްބަސްވުމަކަށް އައުމާ ވަރަށް ގާތަށް ދެވިއްޖެ: ޓްރަމްޕު

އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ނިންމުމާ އެކު، ސުލްހައިގެ އެއްބަސްވުމަކާ "ވަރަށް ގާތްވެފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ. ނަމަވެސް، އީރާނުގެ ނިއުކްލިއާ މާއްދާތައް އެމެރިކާއާ ހަވާލުކުރަން އެއްބަސްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވަމުން ގެ…

އީރާންގެ ބަނދަރުތަކަށް ހުރަސްއަޅާތީ ހޮރްމޫޒް ކަނޑުއޮޅި އަލުން ބަންދުކުރަން ޖެހިދާނެ: އީރާން

ލުބްނާނަށް ހަމަލާ ދިނުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެ ނިންމުން ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް އަންހެނުން އިތުރުކުރާ އިސްލާހު ފާހެއް ނުވި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި އަންހެން މަންދޫބުންގެ އަދަދު އިތުރުކުރުމަށް މަޖިލީހުގެ ގޮނޑިތައް އިތުރުކުރަން ހުށަހެޅި ބިލް އެ މަޖިލީހުގެ ތިރިގެ (ލޮކް ސަބާ) އިން ފާސްނުވެ އިއްޔެ ފެއިލްވެއްޖެ އެވެ.

ދެމަފިރިން އެކަކުއަނެކަކުގެ އާއިލާ މީހުންނަށް ހެޔޮކޮށް ހިތުން

އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ހައްގުތަކުގެ ތެރޭގައި ދެފަރާތުން ވެސް ބައިވެރިވާން ޖެހޭ ހައްގުތަކެއް ވެ އެވެ. މި ލިޔުމުގައި މި ބަލައިލަނީ ސީދާ އަނެކާގެ ބަދަލުގައި އަނެކާގެ އާއިލާ މީހުންނަށްޓަކައި އަދާކޮށްދޭން ޖެހޭ ހައްގަކަށެވެ. އެއީ އަނެކާގެ އާއިލާގެ މީހުންނާ…

ހޮރްމޫޒް ކަނޑުޅި އާންމު ވިޔަފާރި ދަތުރުތަކަށް އިރާނުން ހުޅުވާލައިފި

އިޒްރޭލާއި ލުބުނާނާ ދެމެދު ގާއިމުކުރި ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާ އެކު، ހޮރްމޫޒް ކަނޑުޅި އާންމު ވިޔަފާރި އުޅަނދުފަހަރަށް މުޅިން ހުޅުވާލާފައިވާކަން އިރާނުން މިއަދު އިއުލާންކޮށްފި އެވެ.

Loading fresh headlines…