Live 129,629 stories Updated Aug 31, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ފެންބޮޑުވުމުގެ ކާރިސާއަށް ފަހު ނޭޕާލަށް މުޅި ދުނިޔޭގެ އެހީ ބޭނުންވޭ: މަނީޝާ

ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ފަރުބަދަމާތީ ސަރަހައްދަށް މިދިޔަ ބުދަ ދުވަހު އައި ކުއްލި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން، އެ ގައުމަށް އެހީތެރިވުމަށް ބޮލީވުޑްގެ އެކްޓްރެސް މަނީޝާ ކޮއިރަލާ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައިފި އެވެ.

އިންޖިނޭރިން ދާއިރާ އިން ކިޔަވާނެ ކުދިން ނުވުމަކީ ބޮޑު މައްސަލައެއް، ހައްލު ހޯދަންޖެހޭ: މުއްތަލިބު

އިންޖިނޭރިން ދާއިރާ އިން ކިޔަވަން ބޭނުންވާ މީހުން ރާއްޖޭގައި މަދުކަމަށާއި އެއީ ބޮޑު މައްސަލައެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ޗީފްގެ ހެލްމެޓުުގައި އަފްރާހްގެ ސައިންސަކީ ރައްކާތެރިކަން ކަށަަވަރުކޮށްދިނުން

މީގެ 15 އަހަރު ކުރިން ސްޓެލްކޯގެ އެސިސްޓެންޓް ޓެކްނީޝަނެއްގެ ވަޒީފާ އަށް އިބްރާހިމް އަފްރާހް ވަން އިރު އޭނާ ކުރިއަށްދާންވީ މަގު ފެނެ އެވެ. އެއީ، އިންޖިނިއަރިން ދާއިރާގެ އެންމެ އުހެވެ. ކުޑައިރުން ފެށިގެން އޭނާގެ ޝައުގުވެރިކަމާ ގުޅިފައި އޮތީ މި ދާއިރާ އެވެ. ގޭތެރޭގެ ކޮންމެވެސް ޕަމްޕެއް ރޫޅާލައިގެން ނު…

ނޭޕާލުގެ ކުއްލި ފެންބޮޑުވުމުގައި މަރުވި އަދަދު 768 އަށް، 2،500 އަށް ވުރެ ގިނަ މީހުން ނުފެނޭ

ނޭޕާލުގައި، ޗައިނާގެ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ކުއްލި ފެންބޮޑުވުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 768 އަށް އަރާފައިވާ ކަމަށާއި ގެއްލިފައިވާ މީހުންގެ އަދަދު 2،500 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

މައްކާ މުއާހަދާގެ ފުރަތަމަ ބައްދަލުވުމަށް ސައޫދީ، ތުރުކީ އަދި ޕާކިސްތާނުގެ ޑިފެންސް އަދި ފޮރިން މިނިސްޓަރުން

ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން މި މަހުގެ ކުރީކޮޅު ސޮއިކުރި ތާރީހީ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ދަށުން އުފެއްދި ދިފާއީ ކޮމިޓީގެ ފުރަތަމަ ރަސްމީ ބައްދަލުވުން މިއަދު ތުރުކީގެ އިސްތަންބޫލްގައި ފަށާނެ އެވެ.

ޕީއެންސީގެ އެތެރޭގެ މަގާމުތަކަށް ހުޅުވާލަނީ

އަންނަ މަހުގެ މެދުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކޮންގްރެސްގައި ހޮވާ ޕާޓީގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމަށް އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުވާލަން ނިންމައިފި އެވެ.

ރައީސް ފުރަތަމަ ފަހަރަށް މާލެ އިން ވިލިމާލެއަށް ފައިމަގުގައި!

މާލެ އާއި ވިލިމާލެ ގުޅާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ބައްލަވާލައްވައި، އެ ބްރިޖުގައި ފައިމަގުގައި މާލެ އިން ވިލިމާލެ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރަތަމަ ފަހަރަށް މިއަދު ވަޑައިގެންފި އެވެ.

ކާރެއް ފޭރިގަތުމަށް ފަހު ތިން އެކްސިޑެންޓުކޮށްލި މައްސަލާގައި ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކޮށްފި

ފުވައްމުލަކުގައި ކާރެއްގެ ވެރިމީހާ އަށް އަނިޔާކޮށް، އެ މީހާ އަތުން ކާރު އަތުލައިގެން ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވި މައްސަލާގައި އިއްޔެ ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް 15 ދުވަހަށް ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

Loading fresh headlines…