Live 128,353 stories Updated Jul 16, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ލަންކާގައި ޑެންގީ ކޮންޓްރޯލްކުރުމުގެ މަސައްކަތަށް އިތުރު ސިފައިން ނެރެނީ

ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ޑެންގީ ހުމުގައި މަރުވި މީހުންގެ އަދަދު 49 އަށް އަރާފައިވާއިރު، މި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި ސިފައިން ބައިވެރިކޮށްގެން ހަރަކާތްތައް ވަރުގަދަކުރަމުންދާ ކަމަށް އެ ގައުމުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫ ފެނަކައިގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން އެދެނީ

އައްޑޫގައި ފެނަކައިން ހިންގި މަޝްރޫއުތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައި، އެކަމުގައި މަނީ ލޯންޑްރިންގެ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

ބީއެމްއެލްއިން އެންމެ ގިނަ ޑޮލަރު ވިއްކީ މިދިޔަ ހަ މަހު: ސީއީއޯ

ފާއިތުވި ހަ މަސް ދުވަހަކީ ބީއެމްއެލްގެ ތާރީހުގައި ވެސް އެންމެ ގިނައިން ޑޮލަރު ވިއްކި ހަ މަސް ދުވަސް ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ މުހައްމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.

ފުޑް ކާނިވަލްގެ އެމްއައިބީ ސްޓޯލުގައި އަގުހުުރި އިނާމުތައް ހޯދުމުގެ ފުރުސަތު!

މިއަދު ފަށާ 'ފުޑް ކާނިވަލް'ގައި ހުންނަ އެމްއައިބީގެ ސްޓޯލަށް ޒިޔާރަތްކޮށް، އެ ސްޓޯލުގެ ހަރަކާތްތަކުގައި ބައިވެރިވުމުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ ދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިންޑިއާގެ ގެއެއްގެ ފްރިޖުގައި އުފެދުނު ގަނޑުފެނުން "ކަލާނގެ" ސިފަވާ ކަމަށް ބުނެ އަޅުކަންކުރަނީ

ގޭގައި ބޭނުންކުރަމުން އައި ބާ ފްރިޖެއް ހުޅުވާލި އިރު އޭގެ ތެރޭގައި ގަނޑުވެފައިވާ ފެނުން ހިންދޫންގެ ކަލާނގެއެއް ކަމަށްވާ "ލޯޑް ޝިވާ" ރަމްޒު ކޮށްދޭ "ޝިވްލިންގް" އެއް އުފެދިފައިވާ ކަމަށް ބުނެ އެއަށް އަޅުކަންކުރަން ފަށައިފި އެވެ.

ވަގުތީ ތަދުތަކަށް ކާ ބޭސްތަކުން ކިޑްނީ ހަލާކުވެދާނެކަމުގެ އިންޒާރެއް!

ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހޭ މީހުން ރާއްޖޭގައި ގިނަވަމުން ދާއިރު މި ވޭން އުފުލަންޖެހޭ ޒުވާނުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. މި ކަންބޮޑުވުމާ އެކު، ސަރުކާރުގެ މައި ހޮސްޕިޓަލުން މި ހަފްތާގައި ވަނީ މުހިންމު ކަމެއް ސަމާލުކަމަށް ގެނެސްފަ އެވެ.

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހާއްސަ ފައިނޭންސިން ފެސިލިޓީއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން "ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" މިއަދު ތައާރަފުކޮށްފި އެވެ.

Loading fresh headlines…