އެލްނީނޯގެ ސަބަބުން ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެ އަށް ހޫނުގަދަވާނެ ކަމަށް ލަފާކޮށްފި
ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާ ކަމަށާއި އޭގެ ސަބަބުން ކުރިއަށް ތިން މަސްދުވަހު ރާއްޖޭގެ ފިނިހޫނުމިން، އާއްމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ބުނެފި އެވެ.