Live 129,632 stories Updated Aug 27, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

ޓެކްސް ދައްކާތޯ ބެލުމުގެ ޒިންމާ ދިވެހި ޓްރެވެލް އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ: މަޓާޓޯ

އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ރާއްޖޭން ބޭރުގެ ޓްރެވެލް އެޖެންޓުންނާ ގުޅޭގޮތުން ޓީޖީއެސްޓީ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިއްޔެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުށުގެ މުދާ ދައުލަތަށް ނެގޭ ބިލަށް އޭސީސީން ތާއީދުކޮށް، މަރުހަބާ ކިޔައިފި

ތުހުމަތުވާ މީހާއަށް ޖިނާއީ ކުށުގެ ދައުވާ ސާބިތުނުވިޔަސް މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދަލެއް ކަމަށް މަދަނީ މިންގަނޑުން ސާބިތުވާ ނަމަ އެ މުދަލެއް ދައުލަތަށް ނެގޭ ގޮތަށް ހުށަހަޅާފައިވާ ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތާއީދުކޮށް އެކަމަށް މަރުހަބާ ކިޔަ…

މާލެއަށް ވަކި އޮފީހެއް އުފައްދާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލް ފާސްކޮށްފި

މާލެ ސަރަހައްދުގެ އެއްގަމުދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ވަކި އޮފީހަކަށް ބަދަލުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނޭޕާލުގައި ފެން ބޮޑުވެ 380 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ، ގިނައީ ބިދޭސީން

ނޭޕާލާއި ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދުގައި ފެންބޮޑުވެ ނުރައްކާ ހާލަތަކަށް ގޮސް 380 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ ބިދޭސީން ކަމަށް މިއަދު ބުނެފި އެވެ.

މައުލޫމާތު ފުށުއަރާ އެޕްލިކޭޝަންތައް ރަނގަޅުކުރަން ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްފި

މި ސަރުކާރުން ހުޅުވާލި ފްލެޓާއި ގޯތި މަޝްރޫއަށް އެދި ކުރިމަތިލީ މީހުންގެ ތެެރެއިން މައުލޫމާތު ފުށުއަރާ ކަމަށް ވެރިފިކޭޝަން މަރުހަލާގައި ފާހަގަވި މީހުންނަށް، އެކަންކަން ރަނގަޅުކުރުމަށް ދިން މުއްދަތު 21 ދުވަހަށް އިތުރުކޮށްދީފި އެވެ.

މާވަށުގައި މީހަކު މަރާލި ގޮތް ގާތިލް ލައްވައި ކޯޓުގައި ކުޅުވައިފި، ގާތިލަށް މަރުގެ އަދަބު

ލ. މާވަށުގައި މިދިޔަ އަހަރު ހިންގި ހަމަނުޖެހުމެއްގެ ތެރެއިން މީހަކު މަރާލި މައްސަލާގައި، ގާތިލް ލައްވައި އެ މަންޒަރުތައް ކޯޓުގައި ކުޅުވުމަށް ފަހު، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން އެމެރިކާއަށް އެއްކަމެއް ވެސް ހާސިލެއް ނުވާނެ: އީރާންގެ ރައީސް

އެމެރިކާއިން އީރާނާ ދެކޮޅަށް އަލަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން، އެމެރިކާ ބޭނުންވާ މަގްސަދުތައް ހާސިލް ނުކުރެވޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.

އެމްއައިބީ އިން "ފައިސާރިމިޓް ހޯމް ކޭމްޕޭން 2026" ފަށައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިސާރިމިޓް މެދުވެރިކޮށް ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހުންނަށް 10,000ރ. ލިބޭ "ފައިސާރިމިޓް ހޯމް ކޭމްޕޭން 2026" ފަށައިފި އެވެ.

Loading fresh headlines…