Live 129,633 stories Updated Aug 25, 2026
Showing: MIHAARU
Browse topics MIHAARU

MIHAARU

Live feed

އޯލެވެލާއި އޭލެވެލް އިމްތިހާން ނިންމާ ކުދިންގެ ކިބައިގައި އިމާމްކަން ކުރުމުގެ ގާބިލްކަން ހުންނާނެ: މިނިސްޓަރު

ސްކޫލްތަކުން އޯލެވެލް އަދި އޭލެވެލް އިމްތިހާން ނިންމާ ދަރިވަރުންގެ ތެރެއިން އިސްލާމް މާއްދާ އިން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ކިބައިގައި އިމާމުކަން ކުރުމުގެ ގާބިލްކަން ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑައިވިން ހާދިސާތަކުގައި ބޭނުންކުރަން ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް ހަދިޔާކޮށްފި

ޑައިވިނަށް ގޮސް އުޅޭއިރު ދިމާވާ ހާދިސާތަކުގައި ޑައިވަރުން ބޭނުންކުރުމަށް ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓް ނުވަތަ ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހައިޕަބެރިކް ޔޫރަޕް ކިޔާ ކުންފުންޏަކުން ހަދިޔާކޮށްފި އެވެ.

ހިޔާވަހި ސްކީމުން 244 މީހަކަށް ލޯނު ދޫކޮށްފި، އިތުރު 629 މީހަކަށް ލޯނު ދޫކުރަނީ

ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ލޯނު ދޫކުރާ "ހިޔާވަހި" ފައިނޭންސިން ސްކީމުގެ ދަށުން މިހާތަނަށް 244 މީހަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އިތުރު 629 މީހަކަށް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރާނެ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅު…

ހުޅުމާލޭ ހޮސްޕިޓަލްގައި ހިންގާ ފާމަސީއެއް ހުސްކުރަން އަމުރު ނުދިން މައްސަލަ ހައި ކޯޓަށް

ހުޅުމާލެ ހޮސްޕިޓަލްގައި ހިންގަމުންދާ ފާމަސީއެއް ހުސްކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިން މައްސަލަ އާސަންދަ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ވޯޓަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާކުރަން ލިބޭ އަމާނާތެއް: އީސީ

ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބޭ ވޯޓުލުމުގެ ހައްގަކީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ގައުމުގެ ކުރިމަގު ބިނާކުރަން ލިބޭ ބޮޑު އަމާނާތެއް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

Loading fresh headlines…